twitterviber whatsapp telegramfacebookyoutube instagram
5th April 2026

ފަރޭގެ ކާމިޔާބީ ފާހަގަކުރަން ކުޅުދުއްފުށީގައި ހަވާ އަރުވަނީ

އަބްދުލް ވާހިދު ޙަސަން
Apr 25, 2024
4

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އަވާ އަރުވަން ހަމަޖެހިއްޖެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓް ފަރޭ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ކުރީގެ ޓުއަރިޒް މިނިސްޓަރު އަލީ ވަހީދުއާ ވާދަކުރައްވައި ހަނި ތަފާތަކުންނެވެ. ފަރޭއަށް ލިބިލެއްވީ 1228 ވޯޓެވެ. އަލީ ވަހީދަށް ލިބިލެއްވީ 1136 ވޯޓެވެ.

ފަރޭއަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން އަންނަ ހުކުރުދުވަހު 21:00 ގައި ކުޅުދުއްފުށީ ރަށްމަތިފަންނު ސަރަހައްދުގައި ހަވާ އަރުވާނެ އެވެ. އަދި ހަމަ އެދުވަހު ހަވީރު 16:00 ގައި ސައިކަލް ބުރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355