twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް ގާއިމުކުރުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު އަންނަ މަހުގެ 9 ގައި

Sep 27, 2010

އިދާރީ ގޮތުން ހިންގުމަށް ބައެއް ރަށްތައް ގުޅާލުމާ ބެހޭ ގޮތުން އަދި ބައެއް ރަށްރަށުގައި ސިޓީ ކައުންސިލެއް ގާއިމު ކުރުމަށްޓަކައި އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ބާއްވާ ރިފެރަންޑްރަމްގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ރަޖިސްޓްރީވުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނާނީ މޯލްޑިވްސް ޕޯސްޓް ބިލްޑިންގެ 7 ފްލޯގެ އިތުރުން ވޯޓު ނެގުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ރަށު އޮފީހުގަޔާއި އަތޮޅު އޮފީސްތަކުގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 4:00 ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ މި ރިފެރެންޑްރަމް ވޯޓުގައި، ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލާން ގަސްތުކުރާނަމަ، ވޯޓުލެވޭނީ ހަމައެކަނި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށުގައި ނުވަތަ މާލޭގައި އެކަންޏެވެ. އަދި އެއިން ތަނެއްގައި ވޯޓު ފޮށި ބަހައްޓާނީ، އެ ރަށަކަށް ނިސްބަތްވާ މަދުވެގެން 25 މީހުން ރަޖިސްޓަރީ ކުރުމުން ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވަނީ، ރިފަރެންޑަމް ވޯޓު އަންނަ މަހުގެ 9 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 ން ހަވީރު 4:00 އަށް ކުރިއަށް ގެންދިއުމަށެވެ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް ގާއިމު ކުރުމަށްޓަކައި ކުޅުދުއްފުށްޓާ ގުޅާލެވޭ ރަށްތަކަކީ، ހދ ނޮޅިވަރަމް، ހދ ނޮޅިވަރަންފަރު އަދި ހދ ކުމުންދޫ އެވެ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އުފެއްދޭނީ، މިރަށްރަށުގެ ރައްޔިތުންގެ މެދުގައި ނެގޭ ހިޔާލު ހޯދުމުގެ ވޯޓަށްފަހު އެރައްޔިތުންގެ އަޣުލަބިއްޔަތުން އެކަމަށް ތާއީދުކުރާނަމައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355