twitterviber whatsapp telegramfacebookyoutube instagram
13th August 2026

ދިއްދޫގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅަނީ

Dec 10, 2015

ހއ ދިއްދޫގެ 14 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލުން ބުނިގޮތުގައި އެރަށު ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅާ ގޮތަށް ޕްލޭންކުރެވިފައި ވާނެކަމަށާއި މިއީ ދިއްދޫގެ ތާރީހުގައި ވެސް ހިންގާ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

އެއް އަހަރުދުވަހުގެ މުއްދަތުގައި ނިންމަން އެއްބަސް ވެފައިވާ ދިއްދޫގައި ތާރު އެޅުމުގެ މި ޕްރޮޖެކްޓަށް 50 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އެރަށުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ބެލުމުގެ ދަށުން ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސީއެރާ ޕްރައިވެޓް ލިމިޓެޑާއެވެ.

ހދ ކުޅުދުއްފުށީގެެ މަގުތައް ހެދުމުގެ މަޝްރޫއުވެސް ސަރުކާރުން ވަނީ އެމްއާރުޑީސީގެ ބެލުމުގެ ދަށުން ސިއެރާ ކުންފުންޏާ 2016 އަހަރު އޮގަސްޓް މަހަށް ނިންމުމަށް މިދިޔަ އޮކްޓޫބަރު މަހު ހަވާލުކޮށްފައި އެވެ. ނަމަވެސް ކުޅުދުއްފުށި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

ދިއްދޫގެ އާބާދީގައި 4200 އުޅޭ އިރު ކުޅުދުއްފުށީގައި 8440 މީހުންގެ އާބާދީއެއް އޮވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355