twitterviber whatsapp telegramfacebookyoutube instagram
8th July 2025

ގޮއިދޫ ކައުންސިލުން ތަރައްގީކުރި 'ދަރިވަރުންގެ ހިޔާ' ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jul 8, 2025

ށ ގޮއިދޫ ކައުންސިލުން އެރަށު ސްކޫލުގައި ތަރައްގީކުރި 'ދަރިވަރުންގެ ހިޔާ' ހުޅުވައިފި އެވެ.

ދަރިވަރުންގެ ހިޔާ ހުޅުވައިދެއްވީ އެކަމަށްޓަކާ މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމެވެ.

ޒަމާނީ ގޮތަކަށް ހެދި މި ހިޔާގައި އެއްފަހަރާ 100 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންކުރެވޭނެ އެވެ.

ގޮއިދޫ ރައީސް އިބުރާހިމް ޝާހިދު ކޭއޯއާ ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ކައުންސިލުން ބަޖެޓުން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ހިޔާ އެއް ކަމަށެވެ. ހިޔާ ހެދުމުގެ މަގުސަދަކީ ދަރިވަރުންނަށް އައްވާއި ވާރޭއިން ސަލާމަތްވެ ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕްރޮޖެކްޓް އެކުލަވާލިއިރު ސްކޫލްގައި ހުރި އެހެނިހެން ކުދި ކުދި މައްސަލަތައް ހައްލުވާނެ ގޮތަށް ބަލައި ފަރުމާކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޫލްގެ ބޭނުމަށް ސެކިއުރިޓީ ޕޯސްޓަކާއި ޑިޖިޓަލް ނޯޓިސް ބޯޑެއްގެ އިތުރުން އޭސީކޮށްފައިވާ ގުދަނެއް ހެދި ކަމަށެވެ.

ގުދަނަކީ ސްކޫލުގައި ގެންގުޅޭ އިލެކްޓޯނިކް ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހަދައިދިން ތަނެކެވެ.

މި ދަރިވަރުންގެ ހިޔާ ހަދާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ވަދެ ނުކުމެ އުޅެވޭނެ ގޮތަކަށް ރޭމްޕް ލާފަ އެވެ. މި ހިޔާގެ ތެރޭގައި އާއި ވަށައިގެން ބެންޗު ޖަހައި ފަންކާ ހަރުކޮށްފައިވެ އެވެ. އަދި މިތަން ތައްޔާރުކޮށްފައިވަނީ ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355