twitterviber whatsapp telegramfacebookyoutube instagram
27th November 2026

ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އެވޯޑް ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Nov 27, 2026

ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 13 ދަރިވަރަކު ޑީންސް އޮނަލިސްޓް އެވޯޑް ހޯދައިފި އެވެ.

ޤައުމީ ޔުނިވާސިޓީ ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ހާސިލުކުރީ އެ ކެމްޕަހުގައި ނަރުސްކަން ޑިގްރީއަށް ކިޔަވާ 13 ދަރިވަރެކެވެ. އެ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަދީޖާ އަލީ އެވެ.

ޑީންސް އޮނަލިސްޓް އެވޯޑް ހާސިލްކުރި ދަރިވަރުން:

  • ފާތިމަތު ލަމްޔާ
  • ފާތިމަތު އަމާނާ
  • ފާތިމަތު މަޒީނާ މުހައްމަދު
  • ލައިޝާ އަހުމަދު
  • އައިމިނަތު އިމްނާ އަބޫބަކުރު
  • އައިޝަތު އިންޝާ އާމިރު
  • އަހުމިއްޔާ އަބުދުލް ބާރީ
  • އަހުމަދު ރަޔާން މުހައްމަދު
  • އައިމިނަތު އިފާޝާ އަހުމަދު
  • އަލޫފާ އަބުދުލް ރަޝީދު
  • ރާނިޔާ އަބުދުލް ހަންނާނު
  • ފާތިމަތު ބިންތު ހުސެއިން
  • މަރްޔަމް ސުހާ

ޑީންސް އޮނަރލިސްޓް އެވޯޑަކީ ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހާސިލުކޮށްފައިވާތީ އެކަން ފާހަގަކޮށް ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.

ނަރުސްކަން ކިޔަވާ 10 ދަރިވަރު ޓޮޕް އެޗީވާސް އެވޯޑް ހާސިލްކުރި

  • ކައުސަރު އަބުދުލް ރަހީމް
  • ހުސެއިން އަޒްމީ
  • އައިމިނަތު ސަޒްނާ އާދަމް
  • އައިމިނަތު އުލްފާ
  • ރިޒްނާ މުހައްމަދު
  • ހައްވާ ލަމްސާ
  • ދިޔާރާ އަހުމަދު
  • އައިޝަތު ޝާރާ
  • އައިޝަތު އަބުދުލް ރަހްމާން
  • ނަދްހާ އަހުމަދު

މިރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވި އެވެ.

ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކެމްޕަހެވެ. އަދި އެއީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުންވެސް އުފައްދާ ކެމްޕަސްވެސްމެ އެވެ.

މި ރަސްމިއްޔާތުގައި އެ ކެމްޕަހުގެ ވެރިންނާއި އާއި ލެކްޗަރ އިން އަދި ކޭއާރުއެޗުގެ ސީނިއާ ނަރުހުންނާއި މުއައްސަސާތަކުގެ ވެރިން އަދި ދަރިވަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293