twitterviber whatsapp telegramfacebookyoutube instagram
20th August 2026

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ 'ފަހި ދުވަސް' ފަށައިފި

Jul 11, 2026
1

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ 'ފަހި ދުވަސް' ފަށައިފި އެވެ. މި ދުވަސް ފަށައިދެއްވީ އެ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އެވެ.

މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ ފަހި ދުވަހުގެ ހަރަކާތް އޮންނާނީ މިއަދު ހެނދުނު 9:00 -12:00 | 16:15 - 18:00 | އަށެވެ.

މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އަދި ތަޖުރިބާކާރު ލެކްޗަރ އިންގެ ފަރާތުން ކެރިއަރގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355