twitterviber whatsapp telegramfacebookyoutube instagram
1st November 2026

ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީގައި ގަސް އިންދައިފި

އަބްދުލް ވާހިދު ޙަސަން
Nov 1, 2026

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން، ގައުމީ ޔުނިވާސިޓީން އިސްނަގައިގެން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ގައުމީ ޔުނިވާސިޓީގެ މި ހަރަކާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުންވެސް ބައިވެރިވި އެވެ.

މިއަދު ހަވީރު ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ކުޅުދުއްފުށީގެ ދެ ސަރަހައްދެއްގައި ގަސް އިންދި އެވެ. އެއީ ބޯޒިޔާރާތް ސަރަހައްދާއި ރަށްމަތިފަންނު ސަރަހައްދުގައި އެވެ.

ގަސް އިންދުމުގެ ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވި ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ރަށުގެ ފެހިކަން ގެއްލި ނުދާނޭހެން ހުރިހާ ފަރާތްތަކުންވެސް އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ވަކިން ހާއްސަކޮށް ރަށުގައި ހުރި ބިޔަގަސްތަކަށް ސަމާލުކަން ދިނުމަށާއި އެފަދަ ގަހެއް ނަގަން ޖެހުނަސް ކަނޑާލުމުގެ ބަދަލުގައި ރިލޮކޭޓްކޮށް ގަސް ހެއްދުމަށް މަސައްކަތްކޮށްދިނުމަށް މުއައްސަސަތަކަށް ޑެޕިއުޓީ މޭޔަރު ގޮވާލެއްވި އެވެ.

މި ހަރަކާތުގެ ތެރެއިން އިންދީ، ކަނީރު ގަހާއި މަޑިމަސްވަކަޅު، މޫނިމާ ފަދަ ގަސްތަކެވެ. މި ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީގައި މިފަހަރު އިންދީ 50 ގަހެެވެ. މީގެ ކުރިންވެސް އެމްއެންޔޫ އިން އިސްނަގައިގެން ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތެއް ކުޅުދުއްފުށީގައި ކުރިއަށްްގެންދެވި އެވެ.

ގަސް އިންދިނުމުގެ މި ހަރަކާތުގައި ގައުމީ ޔުނިވާސީޓީ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އާއި އެ ޔުނިވާސިޓީގެ ކައުންސިލްގެ ދަރިވަރުން ތަމްސީލްކުރައްވައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިސްމާއިލް ރަޒީން އިމްރާން އާއި ބައެއް ކައުންސިލަރުން އަދި އެމްއެންޔޫގެ މުވައްޒަފުން ބައިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293