twitterviber whatsapp telegramfacebookyoutube instagram
14th July 2025

ކުޅުދުއްފުށީ ގެޔެއްގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދައިފި

Feb 16, 2016

ރޭފަތިހު ކުޅުުދުއްފުށީ ގެ ގެޔެއްގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އަލިފާން ރޯވެފައިވަނީ “ސީސަންވިލާ” ގެ ގޯތިތެރޭގައި ހުރި ގުދަނެއްގައި ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5 ޖަހާކަށް ހާއިރު ކަމަށެވެ.

މި ގުދަނަކީ ގޮނޑުން ހޮވައިގެން ގެންނަ ތަކެތި ބަހައްޓާފައި ހުރި ގުދަނެވެ.

މި ހާދިސާގައި ގުދަން އިންވެގެންހުރި މަގުފާރުން ބައެއް ވެއްޓިފަވާއިރު އެގުދަނާއި އެ ގުދަނުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ ކަމަށް މައުލޫމާތު ލިބެއެވެ.

ގުދަނުގައި ރޯވި އަލިފާން ގަނޑު އެއްކޮށް ނިއްވާލާފައިވަނީ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގައި މަސައްކަތް ކުރާ ސިފައިންނާއި އާންމުންނާއި ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355