twitterviber whatsapp telegramfacebookyoutube instagram
18th May 2025

ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ބިން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Feb 24, 2016

ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ކުޅުދުއްފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ މާރޗު މަހުގެ 6 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާއިން ބީލަން ފޮތް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ފިޔަވަހީގައި ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަ ފޫޓުގެ 6 ބިމެއް ކަމަށް ކައުންސިލުގެ އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ބިން ދޫކުރަން ހަމަޖެހިފައިވަނީ އެސްޓީއޯގެ ގޭސް ގުދަނާއި ދަތުރު ހިޔާއާ ދޭތެރޭއިން ކަމަށް މީގެ ކުރިން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ކުޅުދުއްުފުށި އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ކުއްޔަށް ހިފާ ކޮންމެ ބިމަކަށް 5000ރ ޗެކް ނުވަތަ ނަގުދު ފައިސާގެ ގޮތުގައި ހުށައަޅަން ޖެހެއެވެ. އަދި ބީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް 30 ދުވަހުގެތެރޭގައި އެފައިސާ ރައްދުކުރެވިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބީލަން ހުޅުވުން ހަމަޖެހިފައިވަނީ 27 މާރޗު ވާ އާދިއްތަ ދުވަހު 13:30 ގައި ކުޅުދުއްފުށި ކައުންސިލް އިދާރާގައެވެ.

ތެލާއި، ގޭހުގެ ވިޔަފާރިއަށް ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން 2000 އަކަފޫޓްގެ 12 ބިން ދޫކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިންގ މިނިސްޓްރީން ވަނީ ހުއްދަ ދީފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355