twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި

Jan 6, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ލޯކަލް ބަނދަރުގެ ނެރުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް މިއަދު  ފަށައިފިއެވެ.  ދިގުމިނުގައި 1500 ފޫޓް އަދި ފުޅާމިނުގައި 300 ފޫޓް ގެ އިތުރުން އޮޑިއެހެލާނެ ސަރަހައްދެއް އެކުލެވޭ ކުޅުދުއްފުށީ ލޯކަލް ބަނދަރަކީ 2008 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކޮށްގެން ހަދާފައިވާ ބަނދަރެކެވެ.

ބަނދަރުގެ ނެރުގެ މައްސަލަ ހައްލު ކުރުމުގެ މިމަޝްރޫއު ހިގަމުންދާ ގޮތާއި ބެހޭ ގޮތުން ކުޅުދުއްދުއްފުށީ  އޮންލައިންއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކަތީބު އިސްމާއީލް އިބްރާހިމް ވިދާޅުވީ މިއީ ދިވެހި ސަރުކާރުން މިރަށުގައި ހަދާފައިވާ ލޯކަލް ބަނދަރަށް ވަދެ ނިކުތުމަށް ކަނޑާފައިވާ ނެރުން ދިމާވަމުންދާ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ މަޝްރޫއެއްކަމަށާއި އަދި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވަނީ އެމްޓީސީސީން ކަމަށެވެ. އަދި މިމަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އޮޑިވެރިންގެ ތެރެއިން 5  މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ހޮވާފައިވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށު އޮފީހުން މިމަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުމަށް އިތުރު ދެބޭފުޅުން ހަމަޖައްސާފައި ވާނެކަމަށްވެސް ކަތީބު ވިދާޅުވިއެވެ.

މިގޮތުން އޮޑިވެރިންގެ ތެރެއިން  ނެގިފައިވާ ކޮމިޓީގައި ހިމެނެނީ މުހައްމަދު އަލީ މާދޫގެ، އަލީ މުހައްމަދު ޝޭޑީގުރޯވް، އަހްމަދު އިބްރާހިމް ލާޖަހާގެ، ޒަކަރިއްޔާ އާދަމް އާވެހި އަދި އަބްދުއްލް މުހުސިން ދަތުރުނާގެއެވެ. ރަށުއޮފީހުގެ ފަރާތުން  މިމަސައްކަތް ސުޕަވައިޒް ކުރަށްވަނީ ކުޑަކަތީބު ހުސެއިން އަލީ އާއި އޮފީސް އެހީތެރިޔާ ހަސަން އަލީ އެވެ.

އިސްމާއިލް ކަތީބް އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ހިނގަމުންދާ ވަގުތު ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ކިއުވޯލުން އުޅަނދުތަކަށް އަރާ ފޭބުމަށް ސަރަހައްދެއް ހަމަޖައްސާފައިވާނެކަމަށެވެ. އަދި މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ރަށަށް އައުމުގެ ފަނަރަ މިނެޓް ކުރިން 7774718 މިނަމްބަރާއި ގުޅާލުމުން ލޯކަލް ބަނދަރަށް ވަދެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވިއެވެ.

ދިގުމިނުގައި 129.11  މީޓަރު ހުންނަ މިނެރުގެ ބޭރުކޮޅުގެ ފުޅާމިން 47.81 މީޓަރުން 53.08 މީޓަރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި  ބަނދަރާވީކޮޅުގެ ފުޅާމިން 23.88 މީޓަރުން  39.99 މީޓަރަށް ފުޅާކުރެވޭނެއެވެ. އަދި މީގެއިތުރުން ނެރުގެ އުތުރުފަރާތުގެ ފައިކަށި ބޮޑުހިލަ އިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ބަނދަރުގެ ނެރު ބޭނުންކުރަން ފެށިފަހުން އެކިފަހަރުމަތިން ވަނީ ބައެއް ދޯނި ފަހަރާއި ބޯޓުތަކަށް ގެއްލުންބޮޑު ހާދިސާތައް ދިމާވެފައެވެ. އެގޮތުން އޮޑިވެރިންނަށާއި އާއްމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

ނެރުގެ ފުޅާކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ދަނީ

ނެރުގެ ފުޅާކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ދަނީ

ލޯކަލް ބަނދަރު ނެރުގެ ސަރަހައްދު

މަޝްރޫއާއި ބެހޭގޮތުން ކަތީބު މައުލޫމާތު ދެއްވަނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355