twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިއަހަރު ހައްޖަށްދާ މީހުން މިއަދު ފުރަން ފަށައިފި

Oct 20, 2010

އިބްރާހީމް ހަމީދު

ހައްޖުގެ މަތިވެރި އަޅުކަންއަދާކުރުމަށް ރާއްޖޭއިން މިއަހަރު ހައްޖަށްދާ ހައްޖާޖީން މިއަދު މާލެއިން ފުރަން ފަށައިފިއެވެ. މިގޮތުން ފުރަތަމަ ގުރޫޕް ކަމުގައިވާ މަލީޝާ ޖަމާޢަތުގެ ހަވާލުގައި ދިއުމަށް ހަމަ ޖެހިފައިވާ މީހުންގެ ތެރެއިން 45 މީހުން މިއަދު ފުރާނެ ކަށާއި އަދި އެޑްވާންސް ޓީމު މިމަހު 18 ގައި ފުރައިފި ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން މިއަހަރު 1500 މީހުން ގެ ކޯޓާއެއް ރާއްޖެއަށް ލިބިފައިވެއެވެ. އަދި 8 ގުރޫޕަކަށް 1430 މީހުންނަށް ހުއްދަ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓްރީން ފުރަތަމަ ވަނީ 10 ޖަމާއަތަކަށް ހުއްދަދެއްވާފައެވެ. ނަމަވެސް ދެޖަމާއަތަކުން ހުއްދަ ކެންސަލް ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއަހަރު ރާއްޖޭން 8 ޖަމާތަކުން ހައްޖަށް މީހުން ގެންދާނެވެ. މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާ ގުރޫޕް ތަކަކީ ސިސިލްފަރު ޖަމާއަތާއި ،ޒައީމާ ޖަމާޢަތް، އަތަމާ ޖަމާޢަތް، އަލްމަނާސިކް ޖަމާޢަތް، އަލްހައިރު ޖަމާޢަތް، އައްސަފާޖަމާޢަތް، ޔޫއެސް ޖަމާޢަތް، މަލީޝާ ޖަމާއަތެވެ.

މިގޮތުން މިއަހަރު ރާއްޖޭއިން ހައްޖާޖީން ގެންދާ ޖަމައާތްތަކުގެ ތެރެއިން ސިސިލްފަރު ޖަމާއަތަށް 250 މީހުން، އަތަމާޖަމާއަތަށް 230 މީހުން، އައްޞަފާ ޖަމާއަތަށް 230 މީހުން، ޒަޢީމާ ޖަމާޢަތަށް 200 މީހުން، އަލްމަނާސިކު ޖަމާއަތަށް 180 މީހުން، އަލްޚައިރު ޖަމާއަތަށް 170 މީހުން، މަލީސާ ޖަމާޢަތަށް 100 މީހުން އަދި މީގެ އިތުރުން ޔޫއެސް ޖަމާޢަތުން 70 މީހުން ހައްޖަށް ގެންދިއުމަށް ވަނީ ހުއްދަ ދެއްވާފައެވެ.

މިއަހަރު ހައްޖު މިޝަންގައި ހިމެނޭ މީހުންގެ އަދަދަކީ 10 ކަމަށާއި އެއީ ސިސިލްފަރު ޖަމާއަތުން 02 މީހުން، އަތަމާ ޖަމާއަތުން 02 މީހުން ދެން ހުއްދަ ދެވިފައިވާ 06 ޖަމާޢަތުން ކޮންމެ ޖަމާޢަތަކުން މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މިމަހުގެ 20 ން 29 އަށް ޙައްޖާޖީން ފުރާނިމޭނެއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖޭއިން މިއަހަރު ހައްޖަށްދާ ހައްޖާޖީންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ކުޅުދުއްފުށީ ޑޮޓް ކޮމްގެ ފަރާތުން ނިޔާމަ ދަތުރަކަށް އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355