އިބްރާހީމް ހަމީދު
އެމް އެންޑީ އެފް ނޮދަން އޭރިޔާ، ކުޅުދުއްފުށީ ޕޯސްޓުން 22 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހުންނަ އެމް އެންޑީ އެފް ޕޯސްޓުގައިވަނީ ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވަފައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ ޕޯސްޓުގެ އިންޗާޖް ފަސްޓް ލެފްޓިނެންޓް އަލީ ސަލީމެވެ. މިރަސްމިއްޔާތު ފެށިގެން ދިޔައީ ޕްރައިވެޓް އަބްދުﷲ ނަސީރުގެ ގުރުއާން ކިޔެވުމުން ނެވެ.
ނަސްރުގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ސިފައިން ހެނދު 6:00 ގައި ގައުމީ ދިދައާއި ސިފައިންގެ ދިދަ ނެގުނެވެ. އަށްފަހު ގައުމީ ސަލާމް ކިޔުމާއި ސިފައިންގެ ލަވަ ކިޔުން ކުރިއަށް ދިޔައެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަ ނަސްރުގެ ދުވަހަކީ ކޮން ދުވަހެއްކަން އެންމެ ރަނގަޅަށް އެގޭނެ ބަޔަކީ ދިވެހި ސިފައިން ކަމުގައި ވިދާޅުވިއެވެ. އަދި ސިފައިންނަކީ އަބަދުވެސް ގައުމު ދިފާއު ކުރުމަށް ސާބިތުކަން މަތީ ތިބޭނެ ބައެއްކަމަށް ވިދާޅުވިއެވެ. އެދުވަހު ގައުމަށް ޓަކާ ޝަހީދުވެގެން ދިޔަ އަބްތާލުންގެ ޒިކުރާ އާކުރުންވެސް މިރަސްމިއްޔާތުގައި ކުރިއަށް ދިއައެވެ.