twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިޔަފާރިއެއް ފެއްޓުމާއި ހިންގުމަށް ތައްޔާރުވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ފަށައިފި

Jan 12, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން މަތިއުތުރުޕްރޮވިންސްގެ ވިޔަފާރި ކުރިއަރުވާ މަރުކަޒާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފެއްޓުމާއި ހިންގުމަށް އެހީތެރިވުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ.

ޕްރޮވިންސް އޮފީހުގެ ޖަލްސާ ކުރާމާލަމްގައި ކުރިއަށްދާ މިވޯޝޮޕާއި ބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މިވޯކްޝޮޕް ހިންގާ ދެއްވާ ފަރާތް ކަމުގައިވާ މަތިއުތުރު ޕްރޮވިންސްގެ ވިޔަފާރި ކުރިއަރުވާ މަރުކަޒްގެ ކޮންސަލްޓަންޓް ސޯލިހް ހުސެއިން ވިދާޅުވީ މިވޯޝޮޕް މައިގަނޑު ގޮތެއްގައި އަމާޒްކުރެވިފައިވާނީ ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރިއެއް ފެއްޓުމަށް ތައްޔާރުވާއިރު ބަލާނެ ކަންތައްތަކާއި އަމިއްލަ ނަފުސު ވިޔަފާރީގެ ތެރެއަށް ތައްޔާރު ކުރާނެ ގޮތްތަކާއި ވިޔަފާރި ދެމެހެއްޓުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ސޯލިހް ވިދާޅުވީ ގޭތެރޭގައި ތިބެގެން ކޮންމެ ބަޔަކަށްވެސް ކުރެވިދާނެ ވިޔަފާރިއާބެހޭ މަޢުލޫމާތު ދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ހަދަންޖެހޭގޮތުގެ މަޢުލޫމާތު ދެވޭނެކަމަށެވެ. އަދި މީގެއިތުރުން ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި އުފައްދާ ތަކެތި މާކެޓް ކުރާނެ ގޮތްތުގެ މަޢުލޫމާތު ދެވޭނެ ކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި 11 މީހުން ބައިވެރިވި މިވޯކްޝޮޕް ކުރިއަށް ދާނީ މިމަހު 10 އިން 12 އަށެވެ. އަދި ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355