twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން ފެށިގެން ކުރިއަށް އެބަދޭ

Jan 25, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުންނަ މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބޮޑުމުހައްމަދު ކަލޭފާނު މާލަމުގައި ވަޒީރުންގެ މަޖިލީސް މިއަދު ހެނދުނު 10:15 އިން ފެށިގެން ކުރިއަށް އެބަދެއެވެ. މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދުއެވެ.

މިބައްދަލުވުމުގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިތުރުން ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި މަތި އުތުރު ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނެއިފް ބައިވެރި ވަޑައިގަންނަވައެވެ.  މިބައްދަލުވުމާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހުރިއްޔާގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވީ ވަޒީރުންގެ ބައްދަލުވުން މާލޭގައި ބޭއްވެނީ ރައީސް އޮފީހުގެ އިއްޒަތްދީނު މާލަމުގައި ކަމަށާއި މިއަދު ކުޅުދުއްފުށީގައި މިބައްދަލުވުން މިބޭއްވެނީ މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބޮޑު މުހައްމަދު ކަލޭފާނު މާލަމުގައި ކަމަށެވެ.

އެމާލަމަށް “ބޮޑުމުހައްމަދު ކަލޭފާނު މާލަމް” މިނަން ދެވުނުގޮތާއި މެދު ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވީ ކުޅުދުއްފުށީ ބޮޑު މުހައްމަދަކީ، ތާރީހީ ގޮތުން ރައްޔިތުންނާއި ގާތަށް ހިދުމަތްތައް ގެންނެވުމަށާއި މާލޭގެ ވެރިކަން ރަގަޅު ކުރުމަށް ވަރަށް ގިނަގުނަ ސިޔާސީ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅަކަށް އެބޭފުޅާވާތީކަމަށެވެ. އަދި މިބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ  މިސަރަހައްދަށް ހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުން އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ހެނދުނު ދަންފަޅީގައި ކެބިނެޓަށް ކަންތައްތައް ހުށައަޅަނީ އެސަރަހައްދަކާއި ގުޅުން ހުރި އިދާރާތަކުން އެސަރަހައްދަށް ހުންނަވާ ސްޓޭޓް މިނިސްޓަރާއި އަދި އެކަމާއި ގުޅޭ މިނިސްޓްރީއަކުން އެވުޒާރާއެއްގެ މިނިސްޓަރެވެ.

މިބައްދަލުވުން ކުރިއަށްދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ހެނދުނުގެ ދަންފަޅިއަކީ ފަންނީ ދަންފަޅިއެއްކަމަށާއި ހެނދުނު ދަންފަޅީގައި ދައުލަތުގެ ވަޒީރުންނާއި ނާއިބުންނާއި ފަންނީ ބޭފުޅުން  މަޢުލޫމާތު ދެއްވާނެކަމަށް މައުލޫމާތު ލިބެއެވެ. މެންދުރު ފަހުގެ ދަންފަޅި ހާއްސަކުރެވެނީ ރަސްމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355