ހދ އަތޮޅު ކައުންސިލްގައި ހިމެނޭ ކުޅުދުއްފުށީގެ ދެދާއިރާ ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އެ ދެ ދާއިރާ އަށް ކުރިމަތިލި 04 ކެނޑިޑޭޓުންކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހދ އަތޮޅު ކައުންސިލުން ވެރިކަން ކުރާ އެމްޑީޕީ އިން 06 ގޮނޑި ހޯދިއިރު ވާދަވެރި ޑީއާރުޕީ އަށް ހޯދިފައިވަނީ 03 ގޮނޑިއެވެ. ހދ އަތޮޅު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި އެއް ކެނޑިޑޭޓަކު ހޮވިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާ ކާމިޔާބު ކޮށްފައިވަނީ،
މުހައްމަދު ޝުކޫރު ފަރެސް / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 919)
އަލީ ނިފާޒު މުހައްމަދު ދަފްތަރު ނަންބަރު 6644 (ލިބުނު ވޯޓު 883)
ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާ ކާމިޔާބު ކޮށްފައިވަނީ،
އަލީ މުހައްމަދު ދެރަހަ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 948)
އާދަމް ވަހީދު އަލީ ކޯދު / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 879)
(މައުލޫމާތު: އިލެކްޝަން ކޮމިޝަން)