twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ކުނިކޮށި ތެރެއިން ހުސްކޮށްފައި ހުރި ބަނގުރާ ފުޅިތަކެއް ފެނިއްޖެ

Feb 10, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ކުނިކޮށިން ރޭގެ ވަގުތެއްގައި ހުސްކޮށްފައި ހުރި ރާފުޅިތަކެއް ފެނިއްޖެއެވެ. މިމައްސަލަ އާއްމު ފަރާތަކުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެސަރަހައްދަށް ފުލުހުން ގޮސް ކުނިކޮށި ތެރޭގައި ހުރި ރާ ފުޅިތައް ވަނީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ރޭ ކުޅުދުއްފުށީ ކުނިކޮށިން ރާފުޅިތަކެއް ފެނުނު މައްސަލާގައި، ކުޅުދުއްފުށީގައި ޑީއާރުޕީއާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތަކެއް އެސަރަހައްދުގައި ހިގާދިޔަކަމަށް މަންޒަރުދުއްމީހަކު މިނޫހަށް މަޢުލޫމާތުދިނެވެ.

ރޭ ކުނިކޮށިން ފެނުން ރާފުޅިތަކަކީ މިހާރު ކުޅުދުއްފުށީ ލޯކަލް ބަނދަރާދިމާ ބޭރުގައި އޮތް އަންބާ ސަފާރީ ބޯޓުން އުކާލާފައިވާ ޑަސްޓްބިންތަކުގެ ތެރޭގައި ހުރި ރާފުޅިތަކެއް ކަމަށް އެ ޑަސްޓް ބިން ތައް އުކާލުމުގައި ހަރަކާތްތެރިވި މީހުން ބުނެއެވެ. އަންބާ ސަފާރީން ޑަސްޓްބިން އުކާލި ލޮރީގެ ޑްރައިވަރާއި އެސަފާރީގެ މީހަކު ބުނެފައިވަނީ، އެއީ އެމީހުން ސަފާރީން ކުނިގޮނޑަށް އުކާލި ކޮތަޅުތެރޭގައި ހުރިތަކެތި ކަމަށެވެ.

އަންބާ ސަފާރީއަކީ އަބަދުވެސް ބޮޑުތިލަދުންމަތީގައި ޓޫރިސްޓުން ގޮވައިގެން ދުއްވާ ސަފާރީއެއް ކަމަށާއި ވިޔަފާރި ކުރުމަށާއި ބަންކަރު ކުރުމަށް ކުޅުދުއްފުށީ ފަސޭހަވުމުން އެސަފާރީގެ ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ކުޅުދުއްފުށީގެ ބަނދަރުކަމަށް މައުލޫމާތު ލިބެއެވެ. އަދި ފަހަކަށް އައިސް ކުޅުދުއްފުށީގެ ބަނދަރު ސަރަހައްދަށްވެސް ޓޫރިސްޓު ޔޮޓުތައް އަންނަމުންދާ ކަމަށް ވެއެވެ.

އަންބާ ސަފާރީން ޑަސްޕިން އުކާލިލޮރީގެ ޑްރައިވަރާއި އަނބާސަފާރީގެ ބޭފުޅަކު މިއީ އެބޭފުޅުން ސަފާރީން ކުނިގޮނޑަށް އުކާލިކޮތަޅުތެރޭގައި ހުރިތަކެތި ކަމަށް ބުނަމުންދާއިރުވެސް އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުނިކޮށިން ރޭ ފެނުނު ހުސްކޮށްފައި ހުރި ރާފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ގެންދަވަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ހަބަރު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355