twitterviber whatsapp telegramfacebookyoutube instagram
1st August 2025

އަލިފާނުގެ ހާދިސާއާ ގުޅިގެން ސީކުއީންގެ ދަތުރުތައް ކެންސަލުކޮށްފި

Mar 15, 2019

ސީކުއީން ބޯޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ބޯޓްގެ ދަތުރުތައް ކެންސަލްކޮށްފި އެވެ. ދާދި ފަހުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރަން ފެށި މި ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ކުޅުދުއްފުށީ ބަނދަރުގައި އޮއްވަ އެވެ.

މި ހާދިސާގައި ބޯޓްގެ ބޮޑު ބަޔަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ސީކުއީން ބޯޓްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، އަލިފާނުގެ މިހާދިސާއާ ގުޅިގެން ޝެޑިއުލްކޮށްފައިވާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށެވެ. ދަތުރުތައް ފަށާނެ ތާރިޙެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ސީކުއީން ބޯޓަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރަން ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ފައިބަރު ބޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355