ކުޅުދުއްފުށީ ރައްޔިތުންނަކީ ކުރިމަގު ހޯދަން މަސައްކަތް ކުރަން އެނގޭ ބައެއްކަމަށް އިއްޔެ ބޭއްވުނު މަޖިލީސް އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދެވި އެމްޑީޕީ އިން ކުޅުއްފުށިން ދެކުނު ދާއިރާއަށް ވާދަ ކުރެއްވި ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު މަޖިލީސް އިންތިހާބަށް ފަހު ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި އެމްޑިޕީން ބޭއްވި ބޮޑު ވެހިކަލު ބުރު ނިންމާލުމަށްފަހު ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ އިންތިހާބުގައި މިއަދު މިތިބީ ކާމިޔާބު ހޯއްދައިވައިގެން ކަމަށާއި އެއީ ތިބޭފުޅުންގެ ކުރެއްވި ލާމަސީލު ކެމްޕެއިނެއް އޭގެއިން އެގިގެން ދިޔައީ ރައްޔިތުންނަކީ ކާމިޔާބީ އާއި ކުރިމަގު ހޯދަން އެނގޭ ބައެއްކަމަށެވެ.
އެޖެންޑާ 19 ގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ ކުރިމަގުގައި އާއްމު ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ނަވާރަ ގާނޫނު ކަމަށް އިއްޔެގައި ތިބޭފުޅުން ތިނިންމެވީ އެ ގާނޫން ބޭނުންވާކަމަށާއި އެހެންކަމުން އެކަމާއި ހަވާލުވެ ރައްޔިތުންގެ ދެ ހިދުމަތްތެރީންގެ ގޮތުގައި އަޅުގަނޑާއި ޔާސިރު ކުރިއަށް އޮތް ފަސް އަހަރު އިހުލާސްތެރިކަމާއެކު އެމަސައްކަތް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
" އިއްޔެ ހޯދި މިއަދު ކަމަށް މިއަދު މިތިބެނީ މާދަމާ ހޯދަންކަމަށާއި އެހެން ކަމުން އިއްޔެ ކުޅުދުއްފުށީ އެންމެހާ ރައްޔިތުން މިހޯއްދެވި ކާމިޔާބަށް އައްސަރިބަހާއި ސާބަސް ދެމުން އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށް." ޖަމްޝީދު ވިދާޅުވި އެވެ.