ރާއްޖޭގެ މަގުތައް ތަރައްގީކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭރަށްތަކުގައި އެއްގަމުދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅުފެންވަރަށްހަދައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށްވާތީ އެކަމަށް ހާއްސަކުރެވިގެންކަމަށެވެ.
ރައީސް އޮފީހުން ބުނީ ރައީސުލް ޖުމްހޫރީއްޔާއަށް ކުންފުނިތައް އުފެއްދުމަށް ގާނޫނުން ލިބިދީފައިވާ ބާރުގެދަށުން " ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޟަން ލިމިޓެޑް" ނަމުގައި މިއަދު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ޤަރާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. އަދި މިކުންފުނި ކުރިއަށްދާނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ މިފަދަ އެންމެހައި މަސައްކަތްތައް ކުރުމަށް އެކަމުގެ ޤާބިލުކަން ތަރައްޤީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުން. " ރައީސް އޮފީހުން ބުންޏެވެ.