އުތީމް ކައުންސިލުގެ 5 ވަނަ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ މުހައްމަދު އައިލަމް އަބްދުﷲ އަދި ހިތުން ކިޔެވުމުގެ ގޮފިން މުހައްމަދު ވިއާމް ހޯދައިފި އެވެ.
މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ލިބިފައިވަނީ މުހައްމަދު ވިއާމެވެ. އަދި 3 ވަނަ ލިބިފައިވަނީ ހައްވާ ރާޝިމާ އެވެ. ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ މުހައްމަދު އައިލަމް އަބްދުﷲ ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ޝަޒުނާ އަބްދުއްލަތީފެެވެ.
މި މުބާރާތުގައި ކީ ސްޓޭޖް 2 ގެ ގިންތިން ބަލައިގެން ކިޔެވުުމުގެ ގޮފިން 1 ވަަނަ ލިބިފައިވަނީ މުހައްމަދު ވިއާމަށެވެ. 2 ވަނަ އައިޝަތު ރާޔާއަށް ލިބިފައިވާއިރު 3 ވަަނަ ލިބިފައިވަނީ ނަސްފާ ނަސީރަށެވެ.
ކީ ސްޓޭޖް 2 ގެ ގިންތިން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ އެކަނި ހޮވާފައިވާއިރު އެއްވަަނަ ލިބިފައިވަނީ މުހައްމަދު ވިއާމަށެވެ.
ކީ ސްޓޭޖް 3 އަދި 4 ގެ ގިންތިން އެއްކޮށް ވަަނަ ހޮވާފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ލިބިފައިވަނީ މުހައްމަދު އައިލަމް އަބްދުﷲ އަށެެވެ. 2 ވަަނަ ހައްވާ ރާޝިމާއަށް ލިބުނު އިރު 3 ވަނަ ލިބިފައިވަނީ މުހައްމަދު މާއިޒް މުސްތަފާއަށެެވެ.
ކީ ސްޓޭޖް 3 އަދި 4 ގެ ގިންތިން ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ 3 ވަނަ ނުހޮވާއިރު 1 ލިބިފައިވަނީ މުހައްމަދު އައިލަމް އަބްދުﷲ އެވެ.
ބޮޑެތިމީހުންގެ ގިންތިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ލިބިފައިވަނީ އަބްދުއްލަތީފް އިބްރާހީމަށެވެ. ދެވަނަ އައިޝަތު ނަހުލާއަށް ލިބިފައިވާއިރު 3 ވަނަ ދެބޭފުޅަކަށް ލިބިފައިވެއެވެ. އެއީ ނަޖުމާ ޔޫސުފާއި، އައިމިނަތު އަބްދުﷲ އެވެ.
އެެހެން އަހަރުތަކާއި ހިލާފަށް ސްކޫލް ކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 69 ސްކޫލް ދަރިވަރުންނާއި 8 ބޮޑެތި މީހުން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.