twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރަނީ

ޚަދީޖާ އާދަމް
Aug 22, 2019

ލާމަރުކަޒީ ނިޒާމު އަލުން ގާއިމް ކުރަން ގެންނަން ޖެހޭ އިސްލާހުތަކުގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި ކަމަށާއި އެ ނިޒާމު ފާސްވެގެން އައީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫން ނަމަވެސް އެމްޑީޕީ ސަރުކާރަށްފަހު ދެން އައި ސަރުކާރުތަކުން އެ ނިޒާމަށް ފަށާފައިވާ އުއްމީދީ ދަތުރު ނިމުމަކަށް ގެނެސް ކުރިއަށް އޮތް މަރުކަޒީ ނިޒާމަށް އަނބުރާލަން މަސައްކަތް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާއިމް ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ކައުންސިލްތައް މާލީ ގޮތުން ތަނަވަސް ކުރުން ކަމަށާއި ރަށު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅި އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

އެގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓު ރަށު ކައުންސިލްތަކަށް ދީ ކައުންސިލްތައް މާލީ ގޮތުން މުއްސަނދި ކުރުމުގެ އިތުރުން، ބިމާ ރަށާއި ފަޅާ ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ކުލީގެ 100 ޕަސެންޓް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުން ނަގާ ފީ ގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355