twitterviber whatsapp telegramfacebookyoutube instagram
14th September 2026

އަންހެނަކަށް ހެދިގެން ފިހާރައެއް ފަޅާލައި ވައްކަން ކުރި ފިރިހެނަކު ހައްޔަރުކޮށްފި

Dec 18, 2019

ރޭ ދަންވަރު ކުޅުދުއްފުށީ، މޯބައިލް ފިހާރަ ފަޅާލައިގެން ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

"ގާޑިޔާ" ފިހާރަ ފަޅާލި މަންޒަރު ވަނީ އެތަނުގައި ހުރި ކެމެރާތަކަށް އަރާފަ އެވެ. ކެމެރާތަކުން ފެންނަ ގޮތުގައި ބުރުގާ އަޅައިގެން އަންހެން ހެދުން އަޅައިގެން އައި އެ މީހާ ވަނީ ފިހާރަ ބޭރުގައި ހުރެގެން ބިއްޔޫރިގަނޑެއް ތަޅާލައި އެތަނުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ވަގަށް ނަގައި އަތުގައި އޮތް ހޭންޑް ބޭގަކަށް އަޅާ މަންޒަރު ފެނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު 5:45 ހާއިރު ކަމަށާ ވައްކަމާ ގުޅިގެން ސީސީޓީވީ ފްޓޭޖް ބަލައިގެން ކުރި މަސައްކަތުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވި، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އަދި އޭނާ ވަގަށް ނަގާފައިވާ ފޯނުތައްވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. ފުލުހުން ބުނީ ވަގަށް ނެގި ފޯނުތަކުގެ ތެރެއިން އެއް ފޯނު ހޯދާފައިވަނީ ބިދޭސީއަކަށް ވިއްކާލާފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293