twitterviber whatsapp telegramfacebookyoutube instagram
25th September 2026

މިމަހު 11 އަދި 13 ގައި ބީއެމްއެލް ހުޅުވަނީ

ޚަދީޖާ އާދަމް
May 10, 2020

ބޭންކިންގެ އަސާސީ ހިދުމަތްތަކަށް މިމަހުގެ 11 ވަނަ ދުވަހާއި 13 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވަން ނިންމައިފި އެވެ.

އެގޮތުން ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

އެ ދެ ދުވަހު ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ދޭނެ އެވެ. މުސާރަ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ދެ ދުވަހު ބީއެމްއެލް އިން ދޭނެ އެވެ.

އެގޮތުން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހޯދަން ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި އެހެން ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

އަދި ޖަމާކުރުމުގެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލްތައް ބޭންކުގެ ވެބްސައިޓް ލިބޭނެ ގޮތް ހަދާފައިވާއިރު ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެ ދެ ދުވަހުގެ 11:00 ޖެހުމުގެ ކުރިން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293