twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒަރޫރީ ބޭނުންތަކަށް 8397 ވަގުތީ ހުއްދަ ދޫކޮށްފައިވޭ: ކުޅުދުއްފުށީ ޓާސްކް ފޯސް

ނަބީލާ އިސްމާޢީލް
May 15, 2020

ކުޅުދުއްފުށީގައި ކާފިއު އިއުލާނުކުރުމާއެކު ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމެ އުޅުމަށް މިހާތަނަށް 8397 ވަގުތީ ހުއްދައެއް ދޫކޮށްފައިވާނޭކަމަށް ކުޅުދުއްފުށީ ޓާސްކް ފޯސްއިން ބުނެފި އެވެ.

ކާފިއުގެ ވަގުތުގައި ޒަރޫރީ ބޭނުމަށް ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނުކުމެ އުޅެވޭނީ ކުޅުދުއްފުށީ ޓާސްކް ފޯސްއިން ހުއްދަ ހޯދައިގެން އެފަރާތުން ދޫކުރާ ހުއްދައަކާއެކު އެވެ.

އެގޮތުން ކާފިއުގެ ވަގުތުގައި ޒަރޫރީ ބޭނުމަށް ނުކުތުމުގެ ވަގުތީ ހުއްދައިގެ ގޮތުގައި 8397 ހުއްދަ ވަނީ މިހާތަނަށް ދޫކުރެވި އެވެ. އެއީ 21 އެޕްރީލުން ފެށިގެން 11 މެއި އާ ހަމައަށެވެ.

ދޫކޮށްފައިވާ ވަގުތީ ހުއްދަތައް

ވަގުތީ ހުއްދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުއްދަ ދީފައިވަނީ ކުނި އުކާލަން ދިޔުމަށެވެ. އެގޮތުން ކުނި އުކާލުމަށް ދިޔުމަށް 2496 ވަގުތީ ހުއްދަ ދޫކޮށްފައިވެ އެވެ. މަސްގަތުމަށް ދިޔުމަށް 1071 ހުއްދަ ދޫކޮށްފައިވާއިރު އޭޓީއެމް އަދި ބޭންކުތަކުން ހިދުމަތް ހޯދުމަށް 779 ހުއްދައެއް ދޫކޮށްފައިވެ އެވެ.

އަދި ބަލި މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްކުރުމަށް 676 ވަގުތީ ހުއްދަ ދީފައިވެ އެވެ. 475 ހުއްދައެއް ބޭސް ގަތުމަށާއި ބޭސް ފިހާރައަށް ދިއުމާއި ޑޮކްޓަރަށް ދެއްކުންމަށް ދޫކޮށްފައިވާއިރު ކަނޑުބޯޓު، އޮޑިދޯނިފަހަރު، ލޯންޗް، ޑިންގީ، ބޮއްކުރާ، ދިޔަ ހިއްކުން، ސާފުކުރުންމާއި މަރާމާތުކުރުން، އަދި ސެކިއުރިޓީ ބެލެހެއްޓު ފަދަ ކަންކަމަށް 389 ވަގުތީ ހުއްދަ ދޫކޮށްފައިވެ އެވެ.

ބޯފެން ހޯދުމަށާއި، އަމިއްލައަށް ކައްކާ ކައިބޮއި ނުހެދޭ ފަރާތްތަކަށް ކާބޯތަކެތި ގެންގޮސްދިނުމާއި، ދިރިއުޅޭ ތަން ނޫން ތަންތަނުން ކެއިންބުއިން ހަމަޖައްސާ ފަރާތްތަކަށް ކާގަޑިތަކުގައި ކާންދިއުމަށް 622 ހުއްދަ ދޫކުރިއިރު ދަނޑުވެރިކަން ކުރާފަރާތްތަކަށް، ދަނޑު ސާފުކުރުމާއި ފެންދިނުން ފަދަކަންކަމަށް 74 ވަގުތީ ހުއްދަ ދޫކޮށްފައިވެ އެވެ. އަދި އެހެނިހެން ގޮތްގޮތުން ޒަރޫރީ ހިދުމަތް ހޯދުމަށް ވަގުތީ ހުއްދައިގެ ގޮތުން 1815 ހުއްދައެއް ވަނީ އެ މުއްދަތުތެރޭގައި ދޫކޮށްފައި އެވެ.

ދާއިމީ ހުއްދައިގެ ގޮތުގައި ދޫކޮށްފައިވަނީ 992 ހުއްދަ އެވެ. ދާއިމީ ހުއްދަ ދޫކޮށްފައިވާނީ މުއައްސަސާތަކުގެ މުވައްޒަފުން ކާފިއުގެ ވަގުތުގައި ވަޒީފާއަށް ނުކުތުމަށާއި، ކާފިއުގައި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ކައުންސިލުގައި ނޯޓުކޮށްފައިވާ ފިހާރަ އަދި ރެސްޓޯރަންޓް ފަދަ ތަންތަނަށާއި، ޑިއުޓީ އުސޫލުން ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށާއި، ވިޔަފާރި އުސޫލުން ގޭގެއިން ކުނިއުކާލަދޭކަމަށް ކައުންސިލުގައި ރެޖިސްޓަރކޮށްފައިވާ ފަރާތް ތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355