twitterviber whatsapp telegramfacebookyoutube instagram
19th September 2025

ކުޅުދުއްފުށީގައި މެޑިކަލް އޮކްސިޖަން ޕްލާންޓެއް ބަހައްޓަނީ

May 27, 2020
1

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މެޑިކަލް އޮކްސިޖަން ޕްލާންޓެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މެޑިކަލް އޮކްސިޖަން ޕްލާންޓް ބަހައްޓާ އިމާރާތް ކުރުމުގެ މަސައްކަތް 462,297.75 ރުފިޔާއަށް ހަވާލުކުރީ ކަލެކްޓިން ކޮމްޕެނީ ޕްރައިވެޜް ލިމިޓެޑްއާ އެވެ. މިމަސައްކަތް ހަވާލުކުރީ 33 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ޕްލާންޓް މިހާރު މާލޭގައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޕްލާންޓްގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

" ހޮސްޕިޓަލުން އޮކްސިޖަން އަށް ކުރާ ހަރަދުވެސް ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ. ހޮސްޕިޓަލުގައި ސެންޓަރަލް އޮކްސިޖަން ސިސްޓަމެއް ނުހުންނާތީ އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާ. އަދި އެކަމުގެ ސަބަބުން މެޑިކަލް އޮކްސިޖަންގެ ހަރަދު ވެސް ބޮޑު ވޭ. މިހާރު ވެސް މަޝްވަރާ ކުރެވެމުން ދަނީ ސެންޓަރަލް އޮކްސިޖަން ސިސްޓަމް ޤާއިމު ކުރުމާ ބެހޭ ގޮތުން" އަހުމަދު ދާއޫދު ވިދާޅުވި އެވެ.

މޯލްޑިވް ގޭހުގެ ފަރާތުން ބަހައްޓާ މި ޕްލާންޓް، ބަހައްޓާ އިމާރާތްތަކީ ވަކި ގޮތަކަށް އިމާރާތްކުރަން ޖެހޭ ތަނެކެވެ. އޮކްސިޖަން ޕްލާންޓް ބަހައްޓާ އިމާރާތް ހަދަނީ ކޭއާރުއެޗުގެ އިމާރާތްތެރޭގައި އެވެ.

މިހާރު މި ސަރަހައްދަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ގެންނަނީ ސޭމް މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355