twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހެލްތް ޑިކްލަރޭޝަން ފޯމު އޮންލައިންކޮށް ފުރޭ ގޮތް ހަދައިފި

Jul 15, 2020

ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ދަތުރުވެރިންގެ ޓްރެވެލާ ހެލްތް ޑެކްލަރޭޝަން ފޯމް އޮންލައިން ކޮށް ހުށަހަޅާގޮތް ހަމަޖައްސައިފި އެވެ.

މިކަމާއި ގުޅިގެން އިމިގުރޭޝަނުން ކުރި އިއުލާނުގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިއަދު އަލުން ހުޅުވާލާއިރު، ރާއްޖެއަށް އަންނަ ދަތުރުވެރިންނާއި ރާއްޖެއިން ފުރާ ދަތުރުވެރިން 'ޓްރެވެލަރ ހެލްތް ޑިކްލަރޭޝަން' ފޯރމް އިމިގްރޭޝަނަށް ހުށަހަޅުއްވަން ވާނެކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ދަތުރުވެރިން ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން، އަދި ރާއްޖެއިން ފުރާ ދަތުރުވެރިން ރާއްޖެއިން ފުރުމުގެ 24 ގަޑިއިރު ކުރިން، މިފޯމް އޮންލައިންކޮށް ފުރުމަށްފަހު ހުށަހަޅުއްވަން ވާނެކަމަށެވެ.

މި ފޯމު ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، "އިމުގާ" މެދުވެރިކޮށެވެ.

"އިމުގާ" ޕޯޓަލްއަށް ޒިޔާރަތްކުރެވޭނީ imuga.immigration.gov.mv އިންނެވެ. އަދި އިމިގްރޭޝަންގެ ވެބްސައިޓް، www.immigration.gov.mv އަށް ގޮސް، މެނޫ ބާ އިން "އިމުގާ" ޕޯޓަލް ހިޔާރު ކުރުމުން ވެސް މިޕޯޓަލްއަށް ޒިޔާރަތް ކުރެވޭނެ އެވެ.

އިމިގުރޭޝަނުން ބުނީ ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް މިފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓުއަރިސްޓުންނާއި، ވާރކް ވިޒާ އަދި އެހެނިހެން ވީޒާ ތަކުގައި ރާއްޖެ އަންނަ ބިދޭސީންނާއި އަދި ދިވެހިން ވެސް މި ފޯމު ފުރިހަމަ ކުރައްވަން ވާނެ ކަމަށެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ، މި ދަނޑިވަޅުގައި ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއިއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމުގައި އިމިގުރޭޝަނުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355