twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވާރޭވެހޭއިރު ނަރުދަމާ ނިޒާމުގެ ތެރެއިން މިނެޓަކު 15-18 ޓަނުގެ ފެން ރަށުން ބޭރަށް ޕަމްޕްކުރޭ

- ދިޔަދޮވިތައް ނަރުދަމާއަށް ގުޅުމަކީ މަނާކަމެއް
- މިހެންވުމުން ސިސްޓަމް ފެއިލްވެ ޑިޒާސްޓާއެއް ހިނގައިދާނެ

އަބްދުލް ވާހިދު ޙަސަން
Aug 13, 2020
2

ކުޅުދުއްފުއްޓަށް ވާރޭވެހެން ފަށައި ވަގުތުން ފެށިގެން ނަރުދަމާ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް މިނެޓަކު 15-18 ޓަނާ ދެމެދުގެ ފެން ރަށުން ބޭރަށް ޕަމްޕްކުރާކަމަށާ އެއީ މުޅި ނަރުދަނާ ސިސްޓަމް ފެއިލްވެދާނެކަމެއްކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރަށު ފެންވަރުގައި ފެންހިންދާނެ ގޮތެއް ހޯދުމަށް އަންގާރަ ދުވަހު ވަނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ކުރިއަށްގެންގޮސްފައި އެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބުލިއުއެސްސީ ކުޅުދުއްފުށީ ސައިޓްގެ އޮޕަރޭޝަން އޮފިސަރު އަލީ ޒާހިރު ވިދާޅުވީ، ވާރޭވެހެން ފަށާއިރަށް އެމްޑަބުލިއުއެސްސީގެ ނެޓްވޯކަށް ވަރަށް ބާރުބޮޑުވާ ކަމަށާއި އެގޮތުން ނަރުދަމާ ނިޒާމުގެ ތެރެއިން ގިނަ އަދަދެއްގެ ފެން ރަށުން ބޭރަށް ޕަމްޕުކުރާކަމަށެވެ.

އެހެން ދިމާވަނީ ގޭބިސީތަކުގެ ދިޔަދޮވި ނަރުދަނާ ނިޒާމުގެ ތެރެއަށް ގުޅައި ހުރުމުގެ ސަބަބުންނެވެ. އެއީ މަނާކަމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ނަރުދަމާ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމްގެ ތެރެއިން ވާރޭފެން ބޭރުކުރުމަކީ ޑިޒާސްޓާއެއް ހިނގައިދާނެކަމެއްކަމަށެވެ.

މިހާރުވެސް ވާރެވެހި ފެންބޮޑުވާއިރަށް ގެތަކުގެ ފާހާނާތަކުން ނަޖިސް އަރާތީ ގިނަ ކޯލެއްތަކެއް ލިބެމުންދާކަމަށާއި މުޅި ނިޒާމު ފެއިލްވެއްޖެނަމަ ސިއްހީ ގޮތުންވެސް ބޮޑު މުސީބާތެއްކުރިމަތިވެދާނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. އަދި ގޭބިސީތަކުގެ ދިޔަދޮވިތައް ނަރުދަމާ ނިޒާމުގެ ތެރެއަށް ދޫކޮށްލުން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް ކައުންސިލްގައި ޒާހިދު އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355