twitterviber whatsapp telegramfacebookyoutube instagram
11th November 2026

ކޮޗިން ފެރީއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ޝައުފާގެ ރައްދު!

އަބްދުލް ވާހިދު ޙަސަން
Sep 14, 2020
5

އިންޑިޔާ-ކުޅުދުއްފުށި އަދި މާލެއާ ދެމެދު ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ކޮޗިން ފެރީއާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޝައުފާ އިބުރާހިމް ހިލްމީ ރައްދުދެއްވައިފި އެވެ.

ކޮޗިން ފެރީ ފެށުމުން މަސްތުވާތަކެއްޗާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެ އަދި ރާއްޖޭގެ ދަނޑުވެރިކަމަށާއި ވިޔަފާރިތަކަށް ގެއްލުންވާނެކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކަށް ރައްދުދެއްވަމުން ޝައުފާ މިއަދު ވިދާޅުވީ، ކޮޗިން ފެރީ ފެށިޔަސް މިހާރު އެތެރެނުވާ ގޯސް އެއްޗެއް ނުވަތަ މިހާރު ނުހިނގައި އަދި ކުރިން ނުހިނގާ ގޯހެއް ނުހިނގާނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކެއް އުފެދި މެދުފަންތީގެ ވިޔަފާރިތަކަށް ހިންދެމިލާނެ ފުރުސަތު ލިބިދާނެތީ ބައެއް ބޮޑެތި ވިޔަފާރިންވެރިން ބަނޑު ކައްކާގޮތްވާނެ ކަމަށެވެ.

India - Kulhudhuhfushi - Malé

“ ކޮޗިން ފެރީ ފެށިއަސް ވަކި މިހާރު އެތެރެނުވާ ގޯސް އެއްޗެއް، މިހާރު ނުހިނގާ އަދި ކުރިން...

Posted by Shaufa Ibrahim Hilmy on Monday, September 14, 2020

ކުޅުދުއްފުށީ ސްޓޭޑިއަމްގެ ހިނގުމާ ހަވާލުވެހުންނެވި ޝައުފާ ވިދާޅުވީ، މާލޭގައި ވިޔަފާރި ބަނދަރެއް އޮވެ، ދިވެހިން ހައްދައި އެތިކޮޅު ވިކެންޏާ ވަކި ކުޅުދުއްފުއްޓަށް ކޮޗިން ފެރީ ދަތުރު ފެށީމައި ދަނޑުވެރިން ހައްދައި އެތިކޮޅު ނުވިކެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު ދިވެހި ދަނޑުވެރިންގެ ދަނޑުވެރިކަން ފުޅާވެދާނެތީ ދަތްހީލިކަރުވާ ބަޔަކު ލައްކަ ވާހަކަ ދައްކާނެކަމަށްވެސް ޝައުފާ ވިދާޅުވި އެވެ.

ކޮޗިން ފެރީ މިމަހު ފަހުކޮޅުން ރާއްޖެއަށް ފަށަން ވަނީ ތައްޔާރުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293