twitterviber whatsapp telegramfacebookyoutube instagram
21st April 2021

ޑްރަގުގެ ތުހުމަތަށް ޝްރައްދާ އާއި ސާރާ އިންކާރުކޮށްފި

ޚަދީޖާ އާދަމް
Sep 27, 2020

އެކްޓަރު ސްޝާންތު ސިންގް ރާޖުޕުތުގެ މަރާ ގުޅިގެން ބޮލީވުޑްގައި ހިލިގެން އުޅޭ ޑްރަގުގެ މައްސަލާގައި އޭ ލިސްޓްގެ ގިނަ ތަރިންތަކެއް ބެދިފައިވާއިރު އޭގެ ތެރެއިން ބައެއް ތަރިންނާއި އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) ދަނީ ސުވާލު ކުރަމުންނެވެ.

އެގޮތުން އިއްޔެ ސާރާ އަލީ ޚާން އަދި ޝްރައްދާ ކަޕޫރާ ވަނީ ސުވާލުކޮށްފައެވެ. އެ ދެތަރިންވެސް ތުހުމަތައް އިންކާރުކޮށްފައިވާއިރު ޝްރައްދާ ވަނީ ސްޝާންތު ޑްރަގް ބޭނުން ކުރިކަމަށް ތުހުމަތުވެސް ކޮށްފައެވެ.

ސުޝާންތުގެ ކުރީގެ ޓެލެންޓު މެނޭޖަރު ޖަޔާ ސަހާއާއި ޝްރައްދާއާއި ދެމެދު ޑްރަގުގެ ވާހަކަތަކެއް ދެކެވިފައިވާ ޗެޓް ލޮގެއްގެ ސްކްރީން ސޮޓްތަކެއްވެސް ލީކުވެފައިވާ އިރު އެއީ އޭނާގެ ޗެޓް ލޮގްތަކެއްކަމަށް ޝްރައްދާ ވަނީ އެއްބަސް ވެފައެވެ. އަދި ސްޝާންތާއިއެކު ޝްރައްދާ ފެނިގެން ދިޔަ "ޗިޗޯރޭ" ގެ ނިމުން ފާހަގަކުރުމަށް ސްޝާންތުގެ ފާމްހައުސްގައި ކުރިއަށް ގެންދިޔަ ޕާޓީގައި ބައިވެރިވި ކަމަށާއި ނަަމަވެސް އެ ޕާޓީ ތެރޭ ޑްރަގު ބޭނުން ނުކުރާކަމަށް ޝްރައްދާ ބުނެފައި ވެއެވެ.

ނަމަވެސް ސީބީޑީ އޮއިލް ޕްރޮކިއުމަންޓްކުރިތޯ އެންބީސީން އިން ސުވާލު ކުރުމުން އެކަމަށް ޝްރައްދާ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ހަމައެގޮތަށް ސާރާވެސް ވަނީ މި ތުހުމަތައް އިންކާރުކޮށްފައެވެ. ސާރާ ބުނެފައިވަނީ އޭނާ ސްޝާންތާއި އެކު އޮތް ލޯބީގެ ގުޅުން ނިންމާލީ ކެރިއަރަށް ފޯކަސް ކުރުމުގެ ގޮތުން ކަމަށެވެ.

ދެތަރިން އެންސީބީ އަށް ހާޒިރުކުރީ ހެނދުނު 10:30 ގައެވެ. އަދި ދެތަރިން އެތަނުން ނުކުމެފައިވަނީ ހަވީރު 18:00 ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355