twitterviber whatsapp telegramfacebookyoutube instagram
1st May 2024

އެގުއެރޯ ބާސާ އާއި ގުޅިދާނެކަމުގެ ސިގްނަލެއް ގާޑިއޯލާ ދީފި

ޢަލީ ރަމީޒް
May 24, 2021
1

މެންޗެސްޓަރ ސިޓީ އަށް 389 މެޗް ކުޅެ 260 ގޯލް ކާމިޔާބު ކޮށްދީފައިވާ އާޖެންޓީނާ ގެ ފޯވާޑް ސާޖިއޯ އަގުއެރޯ ބާސެލޯނާއާއި ގުޅެން އުޅޭ ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

“ބާސެލޯނާ އަކީ އަހަރެންގެ ހިތާއި ގުޅިލާމެހިފައިވާ ޓީމެއް. އަގުއެރޯ ބާސެލޯނާއާއި ގުޅުން ވަރަށް ގާތް. ބާސާ އާއި ގުޅޭހިސާބުން އޭނާ ދެން ކުޅޭނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އާއި އެކު. މެސީ އާއި އެކު އޭނަ ވަރަށް ގަޔާވެގެން ކުޅޭނެކަން ޔަގީން. އަގުއެރޯ އެ ޓީމަށް ބަދަލު ވާއިރަށް އެ ޓީމް އިތުރަށް ވަރުގަދަ ވެގެންދާނެ ” ބީބީސީ އަށް ރޭ ދިން އިންޓަވިއު އެއްގައި ގާޑިއޯލާ ބުނެފައިވެ އެވެ.

ރޭގެ މެޗްގައި އެވަޓަން އާއި ދެކޮޅަށް ސިޓީ އިން ކުޅެ 64 ވަނަ މިނެޓްގައި އެގުއެރޯ ކާމިޔާބު ކޮށްދިން ލަނޑާއި އެކު ޕްރިމައާ ލީގުގައި އެއް ޓީމަކަށް ޖަހައިދިން އެންމެ ގިނަ ލަނޑުގެ ރިކޯރޑް ވަނީ ހަދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355