twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުށިން އެންމެ ފަހުން ނެގި 100 ރޭންޑަމް ސާމްޕަލް ނެގެޓިވް

ޚަދީޖާ އާދަމް
Jun 23, 2021

އިއްޔެ ކުުދުއްފުށިން ނެގި 100 ރޭންޑަމް ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ. މޮނީޓަރިންނަށްލުމަށް ފަހު މިހާތަނަށް ކުޅުދުއްފުށިން ނެގި ހުރިހާ ރޭންޑަމް ސާމްޕަލްތަކެއް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ.

މިމަހު 10 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުގައި އޮތް އިރު މިހާތަނަށް 368 ރޭންޑަމް ސާމްޕަލް ވަނީ ނަގާފައެވެ.

އެގޮތުން މިމަހު 13 ވަނަ ދުވަހު 43 ސާމްޕަލް، 14، 16 އަދި 17 ވަނަ ދުވަހު، ކޮންމެ ދުވަހެއްގައި 75 ސާމްޕަލް އަދި އިއްޔެ 100 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވްވި 28 މީހުންގެ ތެރެއިން 8 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު މޮނީޓަރިންގައި އޮތީ 35 ގެއެއް ކަމަށެެވެ. އަދި ކޭސްތަކާއި ގުޅިގެން ކަރަންޓީންގައި ތިބި މީހުންގެ އަދަދަކީ 85 ކެވެ.

އޮފިޝަލު ވިދާޅުވީ ސީކުއިން ބޯޓުގެ ކްލަސްޓާގެ ތެރެއިން މިހާރު ކަރަންޓީންގައި ތިބި މީހުންގެ ސާމްޕަލް އިއްޔެ ނަގާފައިވާކަމަށާއި ސާމްޕަލްތައް ނެގެޓިވްނަމަ އެގެތައްވެސް މޮނީޓަރިންނުން ނަގާނެކަމަށެވެ.

ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސީކުއިން ބޯޓުގެ ފަޅުވެރިއަކު މިމަހު 9 ވަނަ ދުވަހު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355