twitterviber whatsapp telegramfacebookyoutube instagram
6th September 2026

މަހެއް ފަހުން ނޭކުރެންދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

ޚަދީޖާ އާދަމް
Jun 23, 2021

ހދ ނޭކުރެންދޫގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު މިއަދު އުވާލައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށު ކައުންސިލަށް މޮނީޓަރިންގެ ހާލަތު އުވާލިކަން އަންގާ ފައިވަނީ މިއަދު 13:40 ގަ އެވެ.

އެ ލިއުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހު 24 ވަަނަ ދުވަހު ރޭންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހދ އަތޮޅުން ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވީ ނޭކުރެންދޫގަ އެވެ. އެގޮތުން އެރަށުން 95 މީހުންނަށް ކޮވިޑް ޖެހުނުއިރު މިހާތަނަށް 92 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.

އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައި މިވަނީ އާ ކޭސްއެއް ނުފެންނަތާ 8 ދުވަސްފަހުންނެވެ. އެންމެ ފަހުން އެރަށުން މީހަކު ޕޮޒިޓިވްވީ މިމަހު 14 ވަނަ ދުވަހުއެވެ.

އެރަށުންގައި ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ނިންމީ ކޮވިޑް ކޭސްއެއް ފެނުނުތާ 6 ދުވަސްފަހުން މެއި މަހު 29 ވަނަ ދުވަހުއެވެ. އަދި މިމަހު 12 ވަނަ ދުވަހު ރަށުތެރޭ ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށް އެރަށު ޓާސްކްފޯސްއިން ވަނީ ބުނެފައެވެ.

ނޭކުރެންދޫ މޮނީޓަރިންގެ ހާލަތުން އުވާލުމާއެކު މިވަގުތު ހދ އަތޮޅުގައި މޮނީޓަރިންގައި އޮތީ މަކުނުދު، ހަނިމާދޫ އަދި ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355