twitterviber whatsapp telegramfacebookyoutube instagram
3rd May 2024

15 ދުވަސްފަހުން ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފި

ނަބީލާ އިސްމާޢީލް
Aug 10, 2021
2

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ކުޅުދުއްފުށި މޮނިޓަރިންގއަށްލީ މިދިޔަމަހު 24 ވަނަ ދުވަހު ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކުޅުދުއްފުށި މޮނިޓަރިން މިރޭ ނެގިއިރު ރޭގައި ވަނީ ކާފިއު އުވާލާފަ އެވެ.

ކުޅުދުއްފުށީ އާންމުހާލަތަށް ގެނައިނަމަވެސް މިއަދުވެސް އެ ސިޓީންވަނީ މީހަކު ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު މީހެއްގެ ސާމްޕަލްއެވެ.

މި ކްލަސްޓަރއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 68 އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭސްގެގޮތުގައި ތިބީ 48 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ކުޅުދުއްފުށިން ޖުމްލަ 10721 މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ ޑޯޒް 5936 މީހުން ޖަހާފައިވެ އެވެ. ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައިވާއިރު ކުޅުދުއްފުށީގައި ކޮވިޑްގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355