twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވެކްސިން ފުރިހަމަ ކުރިތޯ ބެލުމަށް އެޕްލިކޭޝަނެއް

ނަބީލާ އިސްމާޢީލް
Sep 1, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ފުރިހަމަކުރިތޯ ބެލުމަށް އެޕްލިކޭޝަނެއް ލޯންޗުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެންސީއައިޓީ ގުޅިގެން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރިތޯ ބެލުމަށް އެޕްލިކޭޝަނެއް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވިނަމަވެސް އެކަން މިހާރު ލަސްކޮށްފައިވާ ކަމަށެވެ. އަދި އެކަންތައްތައް ބެލޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާފަރާތް ތަކަށް މިއަދުން ފެށިގެން އެކި ހިދުމަތްތައް ހޯދުމުގައި ވަނީ ހުރަސްތަކެއް އަޅަމުންނެވެ.

ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި 01 ސެޕްޓެމްބަރުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ މީހުންނަށް އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާގުޅޭ ޢާންމު ޚިދުމަތް ނުދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވެސް ވަނީ އަންގައިފައެވެ.

ސަރުކާރުގެ އަމާޒަށް ވެފައި އޮތީ 90 ޕަސެންޓް މީހުންނަށް މިދިޔަ މަހުގެ ނިޔަލަށް ވެކްސިން ދީ ނިންމަން ކަމަށް ވިޔަސް މަސް ނިމުނުއިރު ހާސިލު ކުރެވުނީ 66 ޕަސެންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355