އަންނަ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމައިފި އެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހަކީ ޖުމްހޫރީ ދުވަހެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.
އެހެންވެ ރައީސް އޮފީހުން ބުނީ ބުރާސްފަތި ދުވަސް ބަންދު ކުރުމުން ސަރުކާރު މުއައްޒަފުންނަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށް ބުރާސްފަތި ދުވަސް ވެސް ބަންދު ކުރަން ރައީސް ނިންމާފައިވާ ކަމަށެވެ.
އެ ދުވަސް ބަންދު ކުރުމުން ހުކުރު އަދި ހޮނިހިރު ހިމަނައިގެން ޖުމްލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
ޖުމްހޫރީ ދުވަހަކީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހެވެ.




