ކުޅުދުއްފުށީ ސިޓީ ކައުންސިލް ހަގީގީ މާނައިގައި ހިނގައިގަތީ ކައުންސިލަރު އިބުރާހިމް އަހުމަދު (އެއްބެ) ކައުންސިލާ ގުޅުނު ފަހުންކަމަށް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދު (ޖިހާދޭ) ވިދާޅުވެއްޖެ އެވެ.
ޖިހާދޭ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަގީގީ މާނައިގައި ސިޓީ ކައުންސިލް ހިނގައިގަތީ އެއްބެ ކައުންސިލަށް ވަތް ފަހުން ކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.
"މީގެ ކުރިން ފެނުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރު ޑީލްތަކުގެ ތެރޭގައި ތާށިވެފައި އޮތް މަންޒަރު، ނަމަވެސް މަންޒަރު ބަދަލުކޮށްލާ ކައުންސިލްގެ ހިނގުން ހަރުދަނާ ވެގެންދިޔައީ ކައުންސިލް މެންބަރު އިބްރާހިމް އަހުމަދު (ވަވަތި އިއްބެ) ވަތްފަހުން" ޖިހާދޭ ވިދާޅުވި އެވެ.
ކައުންސިލަރު އެއްބެ އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ނިމިދިޔަ ދައުރު އާއި މި ދައުރުވެސް ހުރި ހަމަ އެކަނި ޕީއެންސީގެ މެންބަރެވެ. ނިމުނު ދައުރު އެއްބެ ކައުންސިލަރު މަގާމަށް އިންތިހާބުވީ ބައި - އިލެކްޝަނަކުންނެވެ.




