twitterviber whatsapp telegramfacebookyoutube instagram
16th October 2025

ފަހުވަގުތު ޖެހި ލަނޑާއެކު ރޮނާލްޑޯ ޔުނައިޓެޑް މޮޅުކޮށްދީފި

މުޙައްމަދު އަހުމަދު
Sep 30, 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރިމެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ކުރިސްޓިއާނޯ ރޮނާލްޑޯ ފަހުވަގުތު ލަނޑުޖަހާ ޔުނައިޓެޑް މޮޅުކޮށްދީފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިފައި ނުވިނަމަވެސް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ވިޔަރެއާލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެހަމަލާތައް ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 53 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަލްކަސޭރު ވިޔަރެއާލަށް ލީޑުނަގައިދިން ނަމަވެސް މެޗުގެ 60 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހަކުން އަލެކްސް ޓެލޭސް ވިޔަރެއާލް ކޮޅަށް ވައްދާލި ލަނޑުން ޔުނައިޓެޑް ވަނީ މެޗުގެ ނަތީޖާ ހަމަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެސީ ލިންގާޑް އޭރިއާތެރެއިން ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް މިފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ވަނީ ހޯދާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355