twitterviber whatsapp telegramfacebookyoutube instagram
29th March 2026

މޮޅަކާ އަހަރު ނިންމާލަން ނުކުތް ބާސާ ފަހު މެޗުން އެއްވަރުވެއްޖެ

މުޙައްމަދު އަހުމަދު
Dec 22, 2021

ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެ އެވެ. މިމެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކޯނަރަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕާޕޫ ގޯމޭޒް އެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބާސެލޯނާއިން ވަނީ އެއްވަރުކޮށްފަ އެވެ. ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ ރޮނާލްޑް އަރައުހޯ ޖެހި ލަނޑުންނެވެ. އޮސްމާން ޑެމްބެލޭ ނެގި ކޯނަރަކުން އަރައުހޯ ވަނީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ސެވިއްޔާ މެޗުން މޮޅުވި ނަމަ ބާސެލޯނާ ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތް ނަމަވެސް 2021 ވަނަ އަހަރު އެޓީމުން މޮޅަކާ އެކު ނިންމާލަން އުންމީދުކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355