twitterviber whatsapp telegramfacebookyoutube instagram
22nd June 2026

ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް ގާއިމްކޮށްފި

Jan 6, 2022
1

ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ. މިއީ އެ މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގާއިމްކުރި ތަނެކެވެ.

ކޯލް ސެންޓަރު ގާއިމްކޮށް ހިދުމަތް ދޭން ފެށީ އިއްޔެ އެވެ. ކޯލް ސެންޓަރާއެކު ހޮޓްލައިނެއް ވެސް ގާއިމްކޮށްފައިވާއިރު ހޮޓްލައިން ނަންބަރަކީ 1511 އެވެ. ސެންޓަރު ބަންދު ގަޑިތަކުގައި އީމެއިލުން މައުލޫމާތު ހޯދަން ހުށަހެޅުމުގެ އިންތިޒާމް އޮވެ އެވެ.

މި ސެންޓަރުގެ ހިދުމަތް ދޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެދުނު 8:30 އިން މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355