twitterviber whatsapp telegramfacebookyoutube instagram
10th September 2026

ޖަލާލުއްދީން ސްކޫލްގެ ފުރަތަމަ އިންޓަރ ހައުސް ހޭންޑްބޯލް މުބާރާތް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 25, 2022

ޖަލާލުއްދީން ސްކޫލުންގައި ފުރަތަމަ ފަހަރަށް އިންޓަރ ހައުސް ހޭންޑް ބޯޅަ މުބާރާތެއް ފަށައިފި އެވެ.

އެ ސްކޫލްގެ ހައުސްތަކުގެ މެދުގައި ކުރިއަށްދާ މި މުބާރާތަކީ ކީ ސްޓޭޖް 2 ގެ ހައުސްތަކުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްދާ މުބާރާތެކެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މި މުބާރާތުގެ ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީއްޖާ މޫސާ އެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ސްކޫލްގެ ޕްރިންސިޕަލް އާމިނަތު މުހައްމަދު ވިދާޅުވީ މިއީ ސްކޫލްގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތަށްވުމުން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ހޯދަން ޖެހުނު ކަމަށެވެ. އެ ގޮތުން ކޯޗުންނާއި އޮފިސަލުންގެ އިތުރުން މުބާރާތަށް އެހީތެރިވެދިން އެންމެނަށް ޕްރިންސިޕަލް ވަނީ ޝުކުރު ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293