twitterviber whatsapp telegramfacebookyoutube instagram
15th November 2026

ފާއިތުވި ދެ އަހަރަކީވެސް ވަރަށް ކާމިޔާބު ދެ އަހަރު: ޕްރިންސިޕަލް

ނަބީލާ އިސްމާޢީލް
Nov 14, 2026

2024 އަދި 2025 ވަނަ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރުކަމުގައި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަލާލުއްދީން ސްކޫލްގެ އަހަރީ އިނާމުދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އައިމިނަތު ވިދާޅުވިގޮތުގައި ފާއިތުވި ދެ އަހަރުވެސް ނިންމާލެވިގެން ދިޔައީ ވަރަށް ކާމިޔާބު ދެ އަހަރުގެ ގޮތުގައި ކަމަށެވެ.

"ކާމިޔާބީއެއް ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ކިހާ ބުރަ މަސައްކަތެއްކުރަން ޖެހޭ ކަމެއްކަން ތި ހުރިހާ ކުދިން ވާނީ ތަޖުރިބާކޮށްފައި، ކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށްވުރެއް، ހަގީގަތުގައި ދެން އެންމެ އުނދަގޫ ބުރަ ކަމަކަށްވާނީ އެ ކާމިޔާބީއެއް ދެމެހެއްޓުން. ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ޕްރިންސިޕަލް ވިދާޅުވި އެވެ.

ކާމިޔާބީއަކީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާ ނިއުމަތެއްކަން ގަބޫލުކޮށް އެކަމަށްޓަކާ ޝުކުރުވެރިވުމާއި ﷲ ސުބުހާނަހޫ ވަތައާލާގެ ވައުދުފުޅަކީ ޝުކުރުވެރިވާ އަޅުންނަށް އެކަލާގެ އިތުރުކޮށްދެއްވާނެކަން ދަރިވަރުންނަށް ޕްރިންސިޕަލް ހަނދާކޮށްދިނެވެ.

"މި ހޯދާ ކާމިޔާބީތައް ރަމްޒުކޮށްދިނުމަށް މި ހަވާލުކުރެވެނީ ޓްރޮފީއެއް، ޝީލްޑެއް. މި ތަކެއްޗަކީ ތިކުދިން ގެއަށްގޮސް ރައްކާކުރީމަ ދެން އެހެން މީހުންނަށް ފެންނާނެ އެއްޗެއްސެއް ނޫން. ނަމަވެސް އެހެން މީހުންނަށް ފެންނާނެ އެއްޗެއްސަކީ ތި ކުދިންގެ ގައިގަ ހުރި އަދަބު އަހުލާގާއި މުޖުތަމައުއަށްޓަކާ ކޮށްދޭ ހިދުމަތާއި އެހެން މީހުންނަށް ކުރާ އިހުތިރާމާއި އެ ސިފަތައް." ޕްރިންސިޕަލް ވިދާޅުވި އެވެ.

ބައެއް ފަހަރު ނާކާމިޔާބީއަށް ކުރިމަތިވާނެކަން ގަބޫލުކޮށް ކާމިޔާބީ ހޯދަން ގަދަ އަޅާ މަސައްކަތްކުރުމަށް ޕްރިންސިޕަލް ނަސޭހަތްތެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293