twitterviber whatsapp telegramfacebookyoutube instagram
15th November 2026

އަދާލަތު ޕާޓީން ސަރުކާރުގައި ބައިވެރިވެ 2028 ގެ ޕީއެންސީގެ ފަހަތަށް އަރަން ނިންމައިފި

Nov 14, 2026

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީން ބުނީ މި ސަރުކާރުން ދީނީ ކަންކަން ހަރުދަނާ ކުރުމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއު ކުރުމާއި ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ ކަން ފާހަގަ ކުރައްވައި ޕީއެންސީ އާއެކު މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އެކަންކަމަކީ އަދާލަތު ޕާޓީ އުފެއްދި މައިގަނޑު މަގްސަދުތައް ކަމަށާއި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަ ކުރުމަށް ރައީސްގެ ދައުވަތު ގަބޫލު ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެގޮތުން ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއް ގޮތުގައި މަސައްކަތް ކުރުމަށާއި 2028 ގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަން ހެދުމާއި ރައީސް މުއިއްޒަށް ތާއީދު ކުރަން ނިންމައިފަ އެވެ.

އޭގެ އިތުރުން ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމްތައް ކަނޑައަޅައި އެއްބަސްވުމެއް އެކުލަވާލުމާއި ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލު ކުރަން ވެސް އަދާލަތު ޕާޓީން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293