އުތުރުގެ ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ސްޓެލްކޯ އާ ހަވާލު ކޮށްފި އެވެ.
އެންވާރަމަންޓް މިނިސްޓްރީން ސްޓެލްކޯ އާ ހަވާލު މިއަދު ކުރީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަން، ބ. މާޅޮސް، ރ. އިންނަމާދޫ އަދި ރ. ކިނޮޅޮހުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތެކެވެ.
އޭގެ ތެރެއިން މާޅޮސް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މާޅޮހުގެ މަސައްކަތް ނިންމަނީ 270 ދުވަސް ތެރޭގައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.