ތެލެސީމިއާ ކެރިއާ ބެލުމަށް ކުރާ ތަހުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑެއް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ތައާރަފް ކޮށްފި އެވެ.
އެމްބީއެސް އިން ބުނީ މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި ތެލެސީމިއާ ކެރިއާއެއް ކަން ނުވަތަ ނޫން ކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.
އެ ކާޑު މިވަގުތު ލިބޭނީ އީމެއިލް އާއި ވަޓްސްއެޕް މެދުވެރިކޮށެވެ.
ޑިޖިޓަލް ކާޑުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ހާއްސަ ޔޫއާރް ކޯޑެއް ހިމަނާފައިވާ ކަމަށް އެމްބީއެސް އިން ބުންޏެވެ. އެ ކޯޑު މެދުވެރިކޮށް ތެލެސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަ ކަމާއެކު ލިބޭނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.