twitterviber whatsapp telegramfacebookyoutube instagram
15th November 2026

އަންނަ އަހަރުގެ ހައްޖަށް، ރާއްޖެއާއި ސައުދީން އެއްބަސްވުމުގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Nov 14, 2026

އަންނަ އަހަރުގެ ހައްޖަށް ހާއްސަކޮށް، ހައްޖު އެއްބަސްވުމުގައި ރާއްޖޭގެ އިސްލާމިލް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ހައްޖުގެ އަޅުކަމަށް ސައުދީއަށްދާ ހުރިހާ ގައުމަކުން ކޮންމެ އަހަރަކު ވެސް ސޮއިކުރާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ހައްޖު މޫސުމުގައި ކަންކަން ކުރިއަށްދާނެ ގޮތުގެ އުސޫލުތައް ހިމަނާފައި ހުންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ހައްޖު އެއްބަސްވުމުގައި ސައުދީއާއެކު ސޮއިކޮށްފައިވާ ކަަމަށް ބުނެފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުހައްމަދު ސައީދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާޙް މަޝާތެވެ.

މި އެއްބަސްވުމުގެ ދަށުން ހައްޖުގެ ހިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ރާއްޖޭގައި ހައްޖުގެ ހިދުމަތްދޭ ކުންފުނިތަކުން ހިދުމަތް ދޭންޖެހޭ ގޮތްތައް ކަނޑައަޅާނެއެވެ. އަދި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި، ރާއްޖޭގެ ހައްޖު މިޝަން ގާއިމްކުރުންފަދަ ކަންކަން ވެސް އެއްބަސްވުމުގައި ހިމަނައިފައިވެއެވެ.

ހައްޖު ކިޔޫ ދިގުވެ، ހައްޖަށް ދާން އެތައް އަހަރެއް ވަންދެން މަޑު ކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ސަޢޫދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް އާންމު ގޮތެއްގައި ދޫކުރަނީ އަހަރަކު 1،000 މީހުންގެ ޖާގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293