2024 އަދި 2025 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ޝަރަފްގައި ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ.
2025 ވަނަ އަހަރު މަތީ ސަނަވީން ނިންމާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ކާމިޔާބުކުރީ އައިޝަތު ނަދާ އަބުދުﷲ އެވެ. ސްކޫލްގެ ކެޕްޓަންގެ މަގާމު އަދާކުރެއްވި ނަދާ ވަނީ ގައުމީގަދަ ދިހައެއްގެ ދެވަނަ ހާސިލްކޮށްފަ އެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ސާނަވީން އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހޯދި ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމު ހާސިލްކޮށްފަ އެވެ.
އެގޮތުން 2024 ވަނަ އަހަރު ސާނަވީ އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ އަހުމަދު އަބުދުﷲ އެވެ. އެކްޓިވިޓީ ކެޕްޓަންގެ މަގާމުގައި އަދާކުރާ މުހައްމަދު ވަނީ 7 އޭ ސްޓަރ ހޯދައި ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހާސިލުކޮށްފަ އެވެ.
އަދި މީގެ އިތުރުން 2025 ވަނަ އަހަރުގެ ސަނާވީ އިމްތިހާން ނިންމާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ މުހައްމަދު މޫއުމިން އެވެ. އޭނާވެސް 7 ސްޓަރއާއެކު ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހާސިލުކުރި އެވެ. އަދި އަމިއްލަ ގޮތުން ބައިވެެރިވެ އެކައުންޓް މާއްދާއިންވެސް އޭ ސްޓަރ ހޯދި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް އިނާމު ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުލް ލަތީފް މުހައްމަދެވެ. ހާއްސަ މެހެމާނެއްގެ ގޮތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ އެޑިއުކޭޝަން ސްޕްރިންޑެންޓް އަލީ މުފީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރުގެ އޯލެވެލް ބެޗާއި 2025 ވަނަ އަހަރުގެ އޭލެވަލް އަދި އޯލެވެލް ބެޗްގެ 131 ދަރިވަރުން އިނާމު ހާސިލުކޮށްފައިވެ އެވެ.
އަހަރީ އިނާމުދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެކި މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދިނެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.




