ހދ ނޮޅިވަރަންފަރު ސްކޫލްގެ 2024 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އާޔާ އަބުދުއްރަޝީދު ހޯދައިފި އެވެ.
ނޮޅިވަރަންފަރު ސްކޫލްގެ އިނާމުދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޕަބުލިކް އެގްޒަމިނޭޝަންސްގެ ޑިރެކްޓަރު ޖެނެރަލް ސުލްތާން ރާމިޒެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އާޔާ ވަނީ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައި ގައުމީ ގަދަދިހައެއްގެ އެއްވަނަ ހާސިލްކޮށްފަ އެވެ. މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 13 ދަރިވަރަކު އިނާމު ހާސިލްކުރި އެވެ.
މީގެ އިތުރުން ގައުމީ ގަދަ ދިހައެއްގައި ހަތަރު ވަނަ ހޯދި މަރްޔަމް އިޝްމާ އަހުމަދުގެ ކާމިޔާބީ ފާހަގަކޮށް އިނާމާއި ޓްރޮފީ ދީފައިވެ އެވެ.
އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ނޮޅިވަރަންފަރު ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.




