twitterviber whatsapp telegramfacebookyoutube instagram
13th November 2026

ޝަރުތަކާ ނުލައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އޮންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 12, 2026

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ފަލަސްތީނުގެ މިނިވަންކަމާއި، އިންސާފާއި، އަދި އަމިއްލަ ގޮތް ނިންމުމުގެ ޙައްގު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި އެއްބައިވަންތަކަމަކީ ދިވެހިންގެ ފުން ޢަޤީދާއާއި އިންސާނިއްޔަތުކަމަށް ކުަރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293