twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޕްރިންސިޕަލްގެ ކަންބޮޑުވުމަކީ ކުލާސް ރޫމާއި ހޯލުގެ މަސައްކަތް ލަހުން ކުރިއަށްދިޔުން

އަބްދުލް ވާހިދު ޙަސަން
Sep 2, 2023

ސްކޫލުގެ ހޯލުގެ މަސައްކަތާއި އިތުރުކުރެވޭ ކުލާސް ރޫމްތަކުގެ މަސައްކަތް ނިމޭނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭކަމަށް ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެ ސްކޫލަށް އިތުރުކުރެވޭ ކުލާސް ރޫމްތަކުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަހުންނެވެ. އަދި މަލްޓިޕާޕަސް ހޯލު އިމާރާތްކުރަން ބަޖެޓްގައި ޖަހާތާ 2 އަހަރުވެފައިވާއިރުވެސް އެ މަސައްކަތް ފެށިފައެއްނުވެ އެވެ.

މިދިޔަ ދިރާސީ އަހަރު އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް އާމިނަތުގެ ކަންބޮޑުވުމަކީ ސްކޫލު އާބާދީ އިތުރުވަމުންދާއިރު ޖާގައިގެ މައްސަލަ ހައްލުކުރުމުގައި ދިމާވެފައިވާ މައްސަލައަށެވެ.

"އަޅުގަނޑުމެންގެ ކްލާސް ރޫމްތައް، އަޅުގަނޑުމެންގެ ހޯލުގެ މަސައްކަތް، ނިމޭނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން." އެޑިކޭޝަން މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް ނައުޝާދުވެސް އިން ޖަލްސާގައި ޕްރިންސިޕަލް އާމިނަތު ވިދާޅުވި އެވެ.

އާމިނަތު ވިދާޅުވީ، އިނާމު ލިބޭ 100 އެއްހާ ދަރިވަރުން ތިބިއިރު ހޯލުގެ ޖާގައަކީ 300 މީހުން ކަމަށާއި އެހެންވުމުން ޖަލްސާއަށް ގެންނަ ބޭނުންވާ އެހެން ދަރިވަރުންނަށް އެ ފުރުސަތު ދެވެން ނޯނަ ކަމަށެވެ.

އާ ހޯލާއި ކްލާސް ރޫމްތަކުގެ މަސައްކަތް ނިމޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށާއި އެހެންވުމުން ގިނަ ދަރިވަރުންތަކަށް ސްކޫލަށް ވަނުމުގެ ފުރުސަތުވެސް ލިބިގެންދާނެކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. އަދި އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވުމަށް ނައުޝާދުގެ އަރިހުން ޕްރިންސިޕަލް ދެންނެވި އެވެ.

ހޯލާއި ކްލާސް ރޫމް އިމާރާތާ ބެހޭ ގޮތުން ނައުޝާދު ދެއްކެވި ވާހަކަ

ސްކޫލުގައި ކުރިއަށްދާ ކުލާސް ރޫމް އިމާރާތާއި އަޅަން ހަމަޖެހިފައިވާ ހޯލުގެ މަސައްކަތާ ބެހޭ ގޮތުން ޕްރިންސިޕަލް އާމިނަތު ވަރަށް ގިނައިން ވާހަކަދައްކަވާ ކަމަށާއި މިއަދުވެސް އެ ވާހަކަތައް ދެއްކެވިކަމަށް ނައުޝާދު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ވަޑައިގެން މަސައްކަތްކުރިއަށްދާ ތަން ބަލާލަން ދިޔައީންކަމަށާއި ގަބޫލުކުރެވޭ ވަރަކަށް މަސައްކަތް ކުރިއަށްނުދާކަމަށް ނައުޝާދު ވިދާޅުވި އެވެ. އަދި ކޮންޓްރެކްޓަރާ ވާހަކަދައްކާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ނިންމުމަށް ބާރު އަޅާދޭނެކަމަށް ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ސްކޫލުގެ މަޕްޓިޕާޕާސް ހޯލުގެ މަސައްކަތްކުރުމަށް އިއުލާނުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާކަމަށް ނައުޝާދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355