twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާކަރީއަށް

Oct 2, 2022

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް ހުކުރުދުވަހު ފަށައިފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ތިރީސް މިނިޓަށް ފެށުން ލަސްކުރަންޖެހުނު މެޗް 3 ޕޮއިންޓު 0 ޕޮއިންޓުން، ޕްލޫޓޯ ހައުސް އާއި ވާދަކޮށް ކާމިޔާބުކުރީ މާކަރީހައުސް އެވެ.

މާކަރީ ހައުސް އިން އެންމެ ގިނަ ޕޮއިންޓް ޓީމަށް ހޯދައިދިނީ ރިޒްވާނާ އިބްރާހީމެވެ. އޭނާ، 2 ޕޮއިންޓް ޓީމަށް ހޯދައިދިނެވެ.

ވާރޭ ވެހެމުން ދިޔުމާއި ކޯޓުގައި ފެން ހެދިފައި އޮތުމުން އެންމެ ރަނގަޅަށް ކުޅުމުގައި، ދެ ޓީމަށްވެސް އުނދަގޫތަކެއް ދިމާވި މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ޓީމަށް 1 ޕޮއިންޓް ހޯދައިދިން މާކަރީ ހައުސް ގެ ސަންހާ އިބްރާހީމް ސިރާޖެވެ.

ކުއީން އޮފް ދަ މެޗް އަށް ޓްރޮފީ ހަވާލުކޮށްދެއްވީ، މި މެޗްގެ ޝަރަފުވެރިމެހެމާނު، އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް، ނާސިހާ އިދުރީސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293